ބޮޑު އީދާ ގުޅިގެން ނ.ލަންދޫގައި ކުޅޭ އެންމެ ޚާއްޞަ އެއް ކުޅިވަރަކީ ބޮޑުމަސް ދުއްވުމެވެ. ބޮޑުމަސް ދުސްވުމަށް ބޮޑުމަސް ވިޔުމަކީ ރަށުގެ ރައްޔިތުންގެ ފިރިހެނުން ނިކުމެ ކުރާ ފަންނުވެރި މަސައްކަތެކެވެ. ވަރަށް ޝައުޤުވެރިކަމާއެކު ކުރާ އެމަސައްކަތް ލީޑް ކުރުމުގައި މިދިޔަ އަހަރުތަކުގައި ފެނުނީ އެއް މޫނުތަކެކެވެ. އެކަމަކު އެކަމުގައި ބައިވެރިވާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ސަގާފީ މިކުޅިވަރަށް ގިނަބައެއްގެ ޝައުޤާއި ސަމާލުކަން ހުއްޓެވެ. ބޮޑުމަސް ދުއްވުމުގެ އިތުރުން ހިއްޗަވަޑައިގަތުމަކީވެސް ލަންދޫގެ ސަގާފީ ކުޅިވަރެކެވެ. ދަނޑިއާއި ބޮޑުބެރުގައިވެސް ލަންދޫ ފާހަގަކުރެވެއެވެ. (ފޮޓޯތައް: ޔެރިމޯލްޑިވްސް-އިލްހާމް)















