މިރަށުގެ ނަމާއެކު އެންމެ ފުރަތަމަ ހިތަށް އަންނަނީ ރިހާކުރެވެ. އޭގެފަހުން ޘަގާފީ ކުޅިވަރުގެ ތެރެއިން ލަނގިރިއެވެ. 1460 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިއްގަރަކީ ކުށްމަދު މުޖުތަމައުއެކެވެ. ރަށުގެ ރައްޔިތުންނަކީ މެހުމާނުންނަށް ކަމޭހިތާ, ރަށަށް ޒިޔާތަތްކުރާ ފަރާތްތަކާ ގުޅުން ބާއްވާ ރައްޔިތެކެވެ.























