ޘަގާފީ ކުޅިވަރުގައި މ.ދިއްގަރަކީ ރާއްޖޭގެ އެއްވަނައިގެ ރަށެކެވެ. ޚާއްޞަކޮށް ލަނގިރި ޖެހުމުގައި އެއްވަނައެވެ. ދިއްގަރު ޒުވާންގެ ޖަމްއިއްޔާއިން ވަނީ މިޢީދުދުގައި އެމީހުންގެ 100 ވަނަ ލަނގިރި ޝޯވ ދީފައެވެ. އެއީ ނޯޓްކޮށް, ތާރީޚު ބަލަހައްޓަން ފެށި ހިސާބުންނެވެ. މިދިޔަ 30 އަހަރުގެ ތެރޭގައި އެޖަމްއިއްޔާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯވްތައް ދީފައެވެ. 100 ވަނަ ޝޯވ ދިނީ މި އީދުގައި ތ.ދިޔަމިގިލީގައެވެ. މިއީދުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ތިން އަތޮޅެއްގެ 4 ރަށުގައި ޝޯވ ދިނެވެ, ފުރަތަމަ ލ.މާބައިދޫގައެވެ. ދެން ތ.ދިޔަމިގިލީގައެވެ. އެއަށްފަހު މ.ރަތްމަންދޫގައެވެ. އެންމެފަހުން ދިއްގަރުގައެވެ. މިއީ ޖުމްލަކޮށް މި ޢީދު ޝޯވ ތަކުން ނަގާފައިވާ ބައެއް ތަސްވީރުތަކެވެ.




















