1400 އެއްހާ މީހުންގެ އާބާދީގެ މިރަށް އޮތީ ފުރިފައެވެ. 17 ހެކްޓަރުގެ މިރަށުގައި ގޯތި ދޫކުރާނެ ބިމެއް ނެތެވެ. އެކަމަކު ރަށުގެ ވަށައިގެން މޫދު ކައިރީގައި އެލުވާފައިވާ އުނދޯލިތަކާއި, ބަހައްޓާފައި ގޯލިފަތިތަކުގެ ސަބަބުން ހިތްފަސޭހަ މާހައުލެއް ލިބިދެއެވެ. މިއީ ބ.ކެންދޫއެވެ.





















