ރަށު ކައުންސިލްގައި އޮންނަ ލިސްޓްގައި އޮތީ 379 މީހުންގެ ނަމެވެ. އެކަމަކު މިރަށުގައި ދިރިއުޅެނީ އޭތެރެއިން ހަދްތިހައެއްހާ މީހުންނެވެ. ބޭރު މީހުން އެއްކޮށްލީމާ ސަތޭކައެއްހާ މީހުނަށް ވެއެވެ. ރަށުގެ އާބާދީ ކުޑަޔަސް ރަށުން ހަރަކާތްތެރިކަން ފެނެއެވެ. އާބާދީއާ ބަލާއިރު ރަށު ތެރެއިން މީހުން ފެނެއެވެ. ހިތްފަސޭހަ ހަމަހިމޭން, ކުޑަ ރަށެކެވެ.

























