ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ނ.އަތޮޅު ލަންދޫއަކީ ބިންބޮޑު ރަށެކެވެ. ވަކިން ޚާއްޞަކޮށް ޗަކަބިން ބޮޑެވެ. ތަފާތު ބާވަތްތަކުގެ ގަސް ގިނަ ރަށެކެވެ. ގޯތި ތެރޭގައި ގަސް އިންދާ ހައްދަން ސަމާލުކަންދޭ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ޤުދުރަތީ ގޮތުން ރީތި ރަށެކެވެ. ތާރީޚީވެސް ރަށެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަޒަންވެރިން އުޅުނުކަމަށް ތާރީޚުން ބުނެދޭ އެއް ރަށެވެ. ލަންދޫ ކުޅީދޮށު ޕާކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ހިތްގައިމު ތަނެކެވެ.













