މޯލްޑިވްސް ޔޮޓް ރެލީ 2023 ފެށުން ނ. ލަންދޫން

421

“މޯލްޑިވްސް ޔޮޓް ރެލީ 2023 ” ގެ ދެވަނަ އެޑިޝަން ފެށީ ނ.ލަންދޫންނެވެ. ޔޮޓް ރެލީގެ ދަތުރުތައް ފެށުމުގެ ރައްމިއްޔާތު ބުދަ ދުވަހު ނ.ލަންދޫގައި ވަނީ ބާއްވާފައެވެ. ރެލީގައި ބައިވެރިވާ 14 ޔޮޓް އޮތީ ލަންދޫ ބަނދަރުގައެވެ. ލަންދޫން ޔޮޓްރެލީ ފަށަން އެމްއައިޓީޑީސީން ނިންމީ 2022 ވަނަ އަހަރު ބޭއްވި ފުރަތަމަ އެޑިޝަންގައި ލަންދޫން ވަރަށް ފުރިހަމައަށް ތައްޔާރުވެ, ފަތުރުވެރިން ހައިރާންކޮށްލާފައިވާތީއެވެ. ފުރަތަމަ އެޑިޝަންގައި ފަތުރުވެރިންގެ އެންމެ މަޤްބޫލް މަންޒިލަކަށްވީވެސް ލަންދޫއެވެ.

ދެވަނަ އެޑިޝަން ފެށުމަށްވެސް ނ.ލަންދޫން ވަނީ ފުރިހަމަ މަރުހަބާއެއް ކިޔާފައެވެ. ދިވެހި މަސައްކަތްތެރިކަމާއި, ދިވެހިންގެ އާދަކާދަ ދައްކުވައިދިނެވެ. ދިވެހިންގެ ރަހަތަކާއި, ލަންދޫގެ ޚާއްޞަ ރަހަތަކާއެކު މުއްސަނދި ސުފުރާއެކެވެ. މަރުހަބާކިއުން އޮތީ ޘަޤާފީ ކުޅިވަރުތަކުންނެވެ. ބޮޑުބެރުގެ ހަރަހާތްތަކެވެ. ލަންދޫން ފެނުނީ ހަމަ މުޅިން ތަފާތު މެހުމާންދާރީއެކެވެ. މިފަހަރުވެސް ލަންދޫން ފަތުރުވެރިން ހެއްވާލައިފިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.