ތަސްވީރުން ދިގުރަށުގެ ތަރައްޤީގެ މަޝްރޫޢުތައް

687

އާބާދީގައި ތިބީ 700 އެއްހާ މީހުންނެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 300 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް މެދުނުކެނޑި ކުރިއަށް އެބަދެއެވެ. ޞިއްޙީމަރުކަޒަށް ލެބޯޓްރީއާއެކު އިތުރުކުރެވޭ ބައިގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމަސައްކަތުގައި މިހާރުކުރަމުން ދަނީ އިމާރާތުގެ އެތެރޭގެ މަސައްކަތެވެ. ޞިއްޙީމަރުކަޒާ އިންވެގެން އެސްޓީއޯގެ ބޭސްފިހާރަ އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީގެ ވެހިކަލްތަކާއެކު މީހުން ތިބީ ރަށުގައެވެ. މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިމަސައްކަތާއެކު ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ގެނައުން ހިމެނެއެވެ. ރަށުގައި ޒުވާނުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ޔޫތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. ފަތުރުވެރި ރަށަކަށްވުމުން އޭޓީއެމްއެއްގެ މުހިއްމުކަން އޮތީ ބޮޑުވެފައެވެ. އޭޓީއެމް ބަހައްޓައިފިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.