އަލިފުށީގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ދައްކައިދޭ ޔޮޓް

231

މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް އަލިފުށްޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ރަސްމީ ލޯންޗްކޮޅުން ރ.އަލިފުށްޓަށް ފައިބާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޢާއްމު އާދަކާދައިގެ މަތީންނެވެ. ދިވެހި ހެދުމުގައި ތިބި ތުއްތު ދެކުދިން ހަދިޔާކުރެއްވި މާބޮނޑިއަކުންނެވެ. އެއަށްފަހު ރަތް ދޫލައިގައި ރަށުގެ ރައްޔިތުންނާއި, ކުޑަކުދިންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެންނެވިއެވެ. ދިގު ސަފުގެ މެދާ ހަމައަށް ދިއުމުގެ ކުރިން އަލިފުށީގެ ނަން “ސިމެންތި އަކުރުތަކުން” މަލަމަތީގައި ހަރުކޮށްފައިވާ ޢާއްމު މަންޒަރު ފެންނަން ހުއްޓެވެ. އެއީ ޢާއްމުކޮށް މިހާރު ކޮންމެ ރަށަކުންވެސް ފެންނަ މަންޒަރެކެވެ. ފުރަތަމަ ފެންނަ ފެނުމަށް މާބޮޑު ތަފާތެއް ފާހަގަނުކުރެވިދާނެއެވެ. އެކަމަކު ދެވަނަ ފަހަރަށް ބަލާލައިފިނަމަ ޔަޤީނުންވެސް ބޮޑު ތަފާތެއް ފާހަގަކުރެވޭނެއެވެ. އަލިފުށީގެ ނަން ހިމެނޭ އަކުރުތައް ތަރުތީބުކޮށްފައިވަނީ އަތު ކީހެއްގެ މަތީގައެވެ. ކީސް ވަނީ ގަސް ބުޑެއްގެ މަތީގެވެ. އެދަފަރާތުގައި ބޮޑު ދެ ބުރުމާ ހުއްޓެވެ. އެއީ އަތުބުރުމާއެވެ. އޭގެން ބުނެދެނީ ކޮން ވާހަކައެއްތޯއެވެ؟

އެއީ އަލިފުށީގައި މަސައްކަތުގެ ފެށުން. އެންމެ ފުރަތަމަ މަސައްކަތް ފެށިގެން އައީ އަތުކީހުންނާއި, އަތު ބުރުމާއިން. ޒަމާނީ ވަޞީލަތްތައް ނެތް ދުވަހުގެ ވާހަކަ އެބުނެދެނީ

އިބްރާހީމް ޒަހީން/ އަލިފުށި ކައުންސިލްގެ ނައިބުރައީސް
އަލިފުށި ބަނދަރުމަތީގައި ހަދާފައިވާ ބުރުމާ އަދި ރަށުގެ ނަން އަތު ކީހެއްގެ މަތީގައި

އެތުރިފައިވާ މީހުންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެން, ސަފުގެ ނިމޭ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަނެއްކާވެސް އަރާވަޑައިގަންނަވަން ޖެހުނީ މޫދުގައި ބާއްވާފައިވާ ޔޮޓަކަށެވެ. އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ޔޮޓަށް އަރާވަޑައިގެން އިށީންދެ ވަޑައިގަތުމާއެކު ދިވެހި ހެދުމުގައި ރަށުގެ ޒުވާނުން މަރުހަބާ ދެންނެވީ ދިވެހި ކުރުބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޚާއްޞަ އުނދޯލިކޮޅެއް ޔޮޓްގައި ވަނީ ތައްޔާރުކޮށްފައެވެ. ވަޒީރުންނާއި, އެހެން އިއްޒަތްތެރިންނަށް ޚާއްޞަ ގޮނޑިކޮޅުތައް ޔޮޓުގައި ވަނީ އަތުރާފައެވެ. ޔޮޓްގެ ޖާގަ ތިރީހަށްވުރެ ގިނައެވެ. ޔޮޓް ދަތުރުކުރަމުން ދަނީއެވެ. އަލިފުށީގެ ހުނަރުވެރި, ފަންނުވެރި މަސައްކަތްތެރީން އެއްގަމުގައި އެޔޮޓް ތައްޔާރުކޮށްފައިވަނީ ދަތުރުކުރަމުންދާ ގޮތް ތަސްވީރުވާނެހެންނެވެ. ޔޮޓް އޮތީ ފެންގަނޑުގެ ތެރޭގައެވެ. ފިނިހިތްޕެވުމާއެކު ޔޮޓްގެ ކުރިމަތީގައި މަރުހަބާގެ ދިވެހި ހުށަހެޅުމެއް އަލިފުށީގެ ރައްޔިތުންގެ ފަރާތުން ހުށަހަޅައިދޭން ފެށިއެވެ.

ރައީސްއަށް އަލިފުށިން މަރުހަބާ ކިޔަނީ

މަރުހަބާގެ އެންމެ ޚާއްޞަ އަދި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އެއްގަމުގައި ތައްޔާރުކޮށްފައިވާ ޔޮޓެވެ. ސިމެންތިއާއި ފައިބަރުން ތައްޔާރުކޮށްފައިވާ ޔޮޓުން ހުނަރާއި, ފަންނުވެރިކަމާއި, މުރާލިކަން ނޫން ވާހަކައެއް ބުނެނުދެއެވެ. އެޔޮޓުން ބުނެދެނީ އަލިފުށްޓަކީ ތަފާތު ރަށެއްކަމެވެ. އެއީ މަހެއްހާ ދުވަހުގެ މަސައްކަތެވެ.

“ޔޮޓުން އެބުނެދެނީ އަޅުގަނޑުމެންނަށް މިހާރު މަސައްކަތްތެރިކަމުގައި އާދެވިފައިވާ ހިސާބު. އަތު ކީހުން ފެށި މަސައްކަތް ފައިބަރު މަސައްކަތަށް ބަދަލުވެ, ބޮޑަތި ޔޮޓްފަހަރު ބަންނަ ހިސާބަށް ތަރައްޤީވެގެން އައިސްފައިވާކަން” ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ.

ޔޮޓް ރޭގަނޑު ދިއްލާލާފައި

ރޭގަނޑު ދިއްލާލާފައި އޮންނައިރު ޔޮޓްގެ ހިތްގައިމުކަން ބޮޑެވެ. ސިމެންތިއާއި ފައިބަރުން ޔޮޓް ތައްޔާރުކޮށްފައިވަނީ ގިނަ ދުވަހަށް ބޭއްވޭނެ ގޮތަށެވެ. ރަށަށް ފައިބާއިރު ފުރަތަމަ ފެންނަ ބުރުމާ ތައްޔާރުކޮށްފައިވަނީ ފައިބަރާއި ފޯމް ބޯޑް ބޭނުންކޮށްގެންނެވެ. އަލިފުށީގައި ޚާއްޞަ ކޮންމެ މުނާސަބަތެއް ބާއްވާހިނދު މިފަދަ ތަފާތުތައް މުޅި ރާއްޖެއަށް ދައްކުވައިދެއެވެ.

ރައީސްއާއި ވަފްދުގެ ބޭފުޅުން ޔޮޓްގައި, ކުރިމަތީގައި ޘަޤާފީ ހުށެހުޅެއް ހުށަހަޅަނީ

އަލިފުށްޓަކީ މަސައްކަތްތެރި ފަންނުވެރި ރަށެއްކަން ދައްކައިދޭން ބޭނުންވަނީ. އާޚިޔާލުތައް ނެރެ ދައްކާލަން. ކޮންމެ މުނާސަބަތަކަށް ތަފާތުވާނެ

އިބްރާހީމް ޒަހީން/ އަލިފުށި ކައުންސިލްގެ ނައިބުރައީސް
ޔޮޓުން ރައީސްގެ ދެކނަބުލުންނަށް ދެއްވީ ކުރުނބާފޮދު

މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް އަލިފުށްޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ރަސްމީ ލޯންޗްކޮޅުން ރ.އަލިފުށްޓަށް ފައިބާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޢާއްމު އާދަކާދައިގެ މަތީންނެވެ. ދިވެހި ހެދުމުގައި ތިބި ތުއްތު ދެކުދިން ހަދިޔާކުރެއްވި މާބޮނޑިއަކުންނެވެ. އެއަށްފަހު ރަތް ދޫލައިގައި ރަށުގެ ރައްޔިތުންނާއި, ކުޑަކުދިންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެންނެވިއެވެ. ދިގު ސަފުގެ މެދާ ހަމައަށް ދިއުމުގެ ކުރިން އަލިފުށީގެ ނަން “ސިމެންތި އަކުރުތަކުން” މަލަމަތީގައި ހަރުކޮށްފައިވާ ޢާއްމު މަންޒަރު ފެންނަން ހުއްޓެވެ. އެއީ ޢާއްމުކޮށް މިހާރު ކޮންމެ ރަށަކުންވެސް ފެންނަ މަންޒަރެކެވެ. ފުރަތަމަ ފެންނަ ފެނުމަށް މާބޮޑު ތަފާތެއް ފާހަގަނުކުރެވިދާނެއެވެ. އެކަމަކު ދެވަނަ ފަހަރަށް ބަލާލައިފިނަމަ ޔަޤީނުންވެސް ބޮޑު ތަފާތެއް ފާހަގަކުރެވޭނެއެވެ. އަލިފުށީގެ ނަން ހިމެނޭ އަކުރުތައް ތަރުތީބުކޮށްފައިވަނީ އަތު ކީހެއްގެ މަތީގައެވެ. ކީސް ވަނީ ގަސް ބުޑެއްގެ މަތީގެވެ. އެދަފަރާތުގައި ބޮޑު ދެ ބުރުމާ ހުއްޓެވެ. އެއީ އަތުބުރުމާއެވެ. އޭގެން ބުނެދެނީ ކޮން ވާހަކައެއްތޯއެވެ؟

“އެއީ އަލިފުށީގައި މަސައްކަތުގެ ފެށުން. އެންމެ ފުރަތަމަ މަސައްކަތް ފެށިގެން އައީ އަތުކީހުންނާއި, އަތު ބުރުމާއިން. ޒަމާނީ ވަޞީލަތްތައް ނެތް ދުވަހުގެ ވާހަކަ އެބުނެދެނީ.”

އިބްރާހީމް ޒަހީން/ އަލިފުށި ކައުންސިލްގެ ނައިބުރައީސް

އަލިފުށި ބަނދަރުގައި ރަށުގެ ނަން އަދި އަތު ބުރުމާ

އެތުރިފައިވާ މީހުންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެން, ސަފުގެ ނިމޭ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަނެއްކާވެސް އަރާވަޑައިގަންނަވަން ޖެހުނީ މޫދުގައި ބާއްވާފައިވާ ޔޮޓަކަށެވެ. އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ޔޮޓަށް އަރާވަޑައިގެން އިށީންދެ ވަޑައިގަތުމާއެކު ދިވެހި ހެދުމުގައި ރަށުގެ ޒުވާނުން މަރުހަބާ ދެންނެވީ ދިވެހި ކުރުބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޚާއްޞަ އުނދޯލިކޮޅެއް ޔޮޓްގައި ވަނީ ތައްޔާރުކޮށްފައެވެ. ވަޒީރުންނާއި, އެހެން އިއްޒަތްތެރިންނަށް ޚާއްޞަ ގޮނޑިކޮޅުތައް ޔޮޓުގައި ވަނީ އަތުރާފައެވެ. ޔޮޓްގެ ޖާގަ ތިރީހަށްވުރެ ގިނައެވެ. ޔޮޓް ދަތުރުކުރަމުން ދަނީއެވެ. އަލިފުށީގެ ހުނަރުވެރި, ފަންނުވެރި މަސައްކަތްތެރީން އެއްގަމުގައި އެޔޮޓް ތައްޔާރުކޮށްފައިވަނީ ދަތުރުކުރަމުންދާ ގޮތް ތަސްވީރުވާނެހެންނެވެ. ޔޮޓް އޮތީ ފެންގަނޑުގެ ތެރޭގައެވެ. ފިނިހިތްޕެވުމާއެކު ޔޮޓްގެ ކުރިމަތީގައި މަރުހަބާގެ ދިވެހި ހުށަހެޅުމެއް އަލިފުށީގެ ރައްޔިތުންގެ ފަރާތުން ހުށަހަޅައިދޭން ފެށިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލިފުށްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ – ރައީސް އޮފީސް

މަރުހަބާގެ އެންމެ ޚާއްޞަ އަދި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އެއްގަމުގައި ތައްޔާރުކޮށްފައިވާ ޔޮޓެވެ. ސިމެންތިއާއި ފައިބަރުން ތައްޔާރުކޮށްފައިވާ ޔޮޓުން ހުނަރާއި, ފަންނުވެރިކަމާއި, މުރާލިކަން ނޫން ވާހަކައެއް ބުނެނުދެއެވެ. އެޔޮޓުން ބުނެދެނީ އަލިފުށްޓަކީ ތަފާތު ރަށެއްކަމެވެ. އެއީ މަހެއްހާ ދުވަހުގެ މަސައްކަތެވެ.

“ޔޮޓުން އެބުނެދެނީ އަޅުގަނޑުމެންނަށް މިހާރު މަސައްކަތްތެރިކަމުގައި އާދެވިފައިވާ ހިސާބު. އަތު ކީހުން ފެށި މަސައްކަތް ފައިބަރު މަސައްކަތަށް ބަދަލުވެ, ބޮޑަތި ޔޮޓްފަހަރު ބަންނަ ހިސާބަށް ތަރައްޤީވެގެން އައިސްފައިވާކަން” ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ.

ރޭގަނޑު ދިއްލާލާފައި އޮންނައިރު ޔޮޓްގެ ހިތްގައިމުކަން ބޮޑެވެ. ސިމެންތިއާއި ފައިބަރުން ޔޮޓް ތައްޔާރުކޮށްފައިވަނީ ގިނަ ދުވަހަށް ބޭއްވޭނެ ގޮތަށެވެ. ރަށަށް ފައިބާއިރު ފުރަތަމަ ފެންނަ ބުރުމާ ތައްޔާރުކޮށްފައިވަނީ ފައިބަރާއި ފޯމް ބޯޑް ބޭނުންކޮށްގެންނެވެ. އަލިފުށީގައި ޚާއްޞަ ކޮންމެ މުނާސަބަތެއް ބާއްވާހިނދު މިފަދަ ތަފާތުތައް މުޅި ރާއްޖެއަށް ދައްކުވައިދެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ވަފްދުގެ ބޭފުޅުން އަލިފުށި ޔޮޓްގައި – ރައީސް އޮފީސް

” އަލިފުށްޓަކީ މަސައްކަތްތެރި ފަންނުވެރި ރަށެއްކަން ދައްކައިދޭން ބޭނުންވަނީ. އާޚިޔާލުތައް ނެރެ ދައްކާލަން. ކޮންމެ މުނާސަބަތަކަށް ތަފާތުވާނެ.”

އިބްރާހީމް ޒަހީން/ އަލިފުށި ކައުންސިލްގެ ނައިބުރައީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޮޓްގެ އުނދޯލިކޮޅުގައި

އަލިފުށީގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ އެއަޕޯރޓް މަޝްރޫއެވެ. ރައްޔިތުންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައިވަނީވެސް އެމަޝްރޫއާއެވެ. އެމަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ޚާއްޞަކޮށް ބަނދަރުގައި ރަށުގެ ރައްޔިތުން ނެގީ އެއަޕޯރޓް ޓަވަރެވެ. ކައުންސިލް ނައިބުރައީސް ވިދާޅުވީ އެއީ އެރަށުގެ ރައްޔިތުންގެ އިހުސާސްތައް ކަމަށެވެ.

މިދިޔަ އަހަރު ޕްރެޒިޑެންޓްކަޕް ފައިނަލް މެޗު އަލިފުށީގައި ކުޅުނުއިރުވެސް ތަފާތު ފެނުނެވެ. ބަނދަރު މަތީގައި އަލިފުށީ ރައްޔިތުން ތައްޔާރުކުރީ މުބާރާތުގެ ޓްރޮފީއެވެ. މިއިން ކޮންމެ ކަމަކުން ބުނެދެނީ ހުނަރާއި, މަސައްކަތްތެރިކަމެވެ. ފަންނުވެރިކަމާއި, މަސައްކަތުގެ ޝައުޤެވެ. އަލިފުށީގެ ތަފާތެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.